މި ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. މިއީ 16 ޖޫން 2013 ވަނަ ދުވަހު ފާސްކުރި ޚާއްސަ އޯޑަރެއްގެ ދަށުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ވަޒީރު އަލީ އިޙްސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. މިއީ 16 ޖޫން 2013 ވަނަ ދުވަހު ފާސްކުރި ޚާއްސަ އޯޑަރެއްގެ ދަށުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި އަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލިސް މެމޯރިއަލް ޑޭގެ ގޮތުގައި ޖުލައި މަހުގެ 23ވަނަ ދުވަސް ފާހަގަކުރަން ފެށީ، 2012ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރަސްމީ ޑިއުޓީގައި ހުންނަވަނިކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި ޝަހީދުވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނަށެވެ. ކ. ކާށިދޫގައި ޑިއުޓީގައި ހުންނަވަނިކޮށް، ޤާނޫނާ އެއްގޮތަށް ގޭބަންދުގައި ހުންނަން އެންގުމުން އުފެދުނު ހިތްހަމަނުޖެހުމެއްގައި، ބަންދުން ވީއްލިގެން އުޅުނު މީހަކު ދިން ހަމަލާއެއްގައި ޝަހީދުވި ފުލުހެކެވެ. ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި ފަސް ފުލުހެއްގެ ނަން ވަނީ ލިޔެވިފަ އެވެ.