ޕްރީމިއަމްގެ ގޮތުގައި ލިބިފައިވަނީ 691.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ވަނީ 829.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް %20ގެ އިތުރުވުމެކެވެ.

ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކަށް ޓޯޓަލް ގްރޮސް ޕްރިމިއަމް ދެއްކި އަދަދު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފި އެވެ.
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ޕްރީމިއަމްގެ ގޮތުގައި ލިބިފައިވަނީ 691.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ވަނީ 829.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް %20ގެ އިތުރުވުމެކެވެ.
ހިސާބުތައް ދައްކާ ގޮތުން ހެލްތު އިންޝުއަރެންސުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 202.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ވަނީ 247.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މީގެ އިތުރުން ފައި އަދި މެރިން ހަލް އަދި ފަޔާ އިންޝުއަރެންސް ޕްރީމިއަމް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 232.3 މިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 284.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި މެރިން ހަލް އިންޝުއަރެންސް ޕްރީމިއަމް 49.8 މިލިއަން ރުފިޔާއިން 63.9 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރާއްޖޭގައި ހަތަރު އިންޝުއަރެންސް ކުންފުނި ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ގިނަ ބްރޯކާސް ކުންފުނިތައް ވެސް ހަރަކާތެރިވަމުންދެ އެވެ.