މިނިސްޓްރީތަކުގެ ޕީއެސުންނާއި ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ކުޑަވެއްޖެ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ގެނައި ބަދަލުތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ސީއެސްސީ

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި އެވެ. 

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ގެނައި ބަދަލުތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. 

އެ ބަދަލުގެ ސަބަބުން، ޕީއެސުންނާއި އެސްޖީންގެ މުސާރަ އާއި އިނާޔަތްތަކަށް ވަނީ ކުޑަ ދަށްވުމެއް އައިސްފައިފަ އެވެ. 

އެގޮތުން، ޕީއެސްއަކަށް މިހާރު ލިބޭ 53،000ރ. ގެ ބަދަލުގައި އަންނަ މަހުން ފެށިގެން ޖުމްލަ ލިބޭނީ 47،000ރ. އެވެ.

ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލުތަކުގެ އެސްޖީންނަށް މިހާރު 35،000ރ. ލިބޭއިރު، ދެން ލިބޭނީ 24،620ރ. އެވެ

އަދި ޑިޕްލޮމާ އާއި ތަޖުރިބާ ހުރި އެސްޖީންނަށް 32،000ރ. މުސާރައިގެ ގޮތުގައި ކުރިން ލިބުނުއިރު، އަންނަ މަހުން ފެށިގެން ލިބޭނީ 27،000ރ. އެވެ.

އެ ސާކިއުލާގައި ބުނީ އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖޯ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.