ލޯންޗުގެ ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، ލޯންޗުގެ ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ހާދިސާގައި ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.