ރިސޯޓްތައް އިންސްޕެކްޓްކުރާ މުވައްޒަފުންނަށް އިތުރު އެލަވަންސެއް

ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު މިންގަނޑުގައިވާ ގޮތުން ރިސޯޓު އިންސްޕެކްޝަން އެލަވަންސް މިންވަރަކީ ދުވާލަކަށް 130ރ، އެވެ.

ރާއްޖޭގެ ރިސޯޓެއް

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރިސޯޓްތައް އިންސްޕެކްޓް ކުރަންދާ މުވައްޒަފުންނަށް ދޭ އެލަވަންސް އިތުރުކޮށްފި އެވެ. 

ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކަށް ހާއްސަ އިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު މިންގަނޑުގައިވާ ގޮތުން ރިސޯޓު އިންސްޕެކްޝަން އެލަވަންސް މިންވަރަކީ ދުވާލަކަށް 130ރ، އެވެ. 

މިންގަނޑުގައިވާ ގޮތުން މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އޮނިގަނޑަށް ފެތޭގޮތަށް، އަދި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" އާއި އެހެނިހެން އެލަވަންސްތައް ދޭނެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން، ރިސޯޓުތަކަށް އިންސްޕެކްޝަން މަސައްކަތަށްދާ މުއްދަތުގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތަކާއި ރަމަސާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް އޮންނަ ދުވަސްތަކާއި އަދި ރައީސް އޮފީހުން ދަންނަވައިގެން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަކީ "ރިސޯޓު އިންސްޕެކްޝަން އެލަވަންސް" ދޭ ދުވަސް ތަކެއް ނޫނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރިސޯޓު އިންސްޕެކްޝަން އެލަވަންސް ދެވޭނީ ރިސޯޓުތަކަށް އިންސްޕެކްޝަން މަސައްކަތަށް ގޮސް މުވައްޒަފު މަސައްކަތްކުރާ ދުވަސްތަކަށް އެކަންޏެވެ. އަދި ރިސޯޓުތައް އިންސްޕެކްޓް ކުރާ މުވައްޒަފުން އެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކާއި ވަގުތު އެނގޭގޮތަށް އިދާރާއިން އެ މުވައްޒަފުންގެ ޙާޒިރީ ރެކޯޑުކޮށްފައި އޮންނަންވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.