ފައްުޔާޒުގެ ކަންބޮޑުވުން | މުވައްޒަފުން ވަކި ކުރުމުން ބައިލައްކަ މީހުންނަށް އަސަރުކުރާނެ

ފައްޔާޒު އިސްމާއިލް ވިދާޅުވީ 33 ޕަސެންޓް މުވައްޒަފުން ކަނޑާލަން އަންގައިފައިވާއިރު 14،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށާ މިކަމުގެ ސަބަބުން 50،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ އެވެ.

އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- މިރާ ފޮޓޯ

ސަރުކާރު ކުންފުނިތަކުގަ މަސައްކަތް ކުރާ މުވައްޒަފުންގެ 33 ޕަސެންޓް ވަޒީފާއިން ވަކި ކުރުމާއެކު އެކަމުގެ އަސަރު ބައި ލައްކަ މީހުންނަށް ކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. 

ކުންފުނިތަކުން މުވައްޒަފުން މަދުކޮށް "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު އިސްމާއިލް ވިދާޅުވީ 33 ޕަސެންޓް މުވައްޒަފުން ކަނޑާލަން އަންގައިފައިވާއިރު  14،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށާ މިކަމުގެ ސަބަބުން 50،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ އެވެ. 

"މީހުން ކަނޑާ މަގުމައްޗަށް އެއްލާލަނީ އެއްލާލާއިރުގައި ބައްލަވާ އެއީ ކިތައް މީހުން ބަރޯސާވާ އާމްދަނީ ހޯދާ ބައެއް ތޯ ؟ ސާދަހާސް މީހުންގެ އާމްދަނީ އެއީ،" ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ފާހަގަ ކުރެއްވި އަނެއް ކަމަށާ ސަރުކާރުން އެސްއޯއީތަކުން މުވައްޒަފުން މަދުކޮށް ނިމޭއިރު، މުވައްޒަފުންގެ އަދަދު ހުންނާނީ އެމްޑީޕީ ސަރުކާރުގައި ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދަށެވެ. އަދި ސަރުކާރު ކުންފުނިތަކުގައި އާދަޔާ ހިލާފަށް މުވައްޒަފުން އިތުރުވި ސަބަބެއް ހޯދަން ފައްޔާޒު ވަނީ ޕީސީބީއަށް ގޮވާލައްވާފަ އެވެ. 

ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވައްދާފަ އެވެ. މިގޮތުން ފެނަކައިން މަޝްރޫއު ހިންގުމުގެ ނަމުގައި އެކި ރަށްރަށުން މުވައްޒަފުން ނަގައި މަސައްކަތެއް ނެތި ތިބިކަން އެއީ އެންމެން ދައްކާ ވާހަކަ އެކެވެ. މިގޮތުން ބައެއް ރަށްށުގެ ކޮންމެ ގެއެއްގައި ސަރުކާރު މުވައްޒަފަކު ހުންނަ މިންވަރަށް މުވައްޒަފުން އިތުރު ކުރި އެވެ. 

ވަކި ކުރާނެ ކަމަށް އެމްޑީޕީން އަންދާޒާ ކުރާ އަދަދު

  • އެސްޓީއޯއިން 1,353 މީހުން
  • ފެނަކައިން 2,607 މީހުން
  • ފެނަކައިން 1,980 މީހުން
  • ޙައްޖު ކޯޕަރޭޝަނުން 46 މީހުން
  • މޯލްޑިވްސް ޕޯސްޓްއިން 102 މީހުން

ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އެޕްރީލް މަހާ ހަމައަށް ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އުޅެނީ 42،000 މުވައްޒަފުންގެ އަދަދު އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.