ހުޅުމާލޭ މިސްކިތަކަށް ގެއްލުންދިން މައްސަލައެއް

އެނގިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަޒީޒާ މިސްކިތަށެވެ.

ފުރަތަމަ ފިޔަވަހީގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުން ދީފައި -- ޕޮލިސް ފޮޓޯ

ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި އެ ތަނަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވެ އެވެ.

ގެއްލުން ދީފައިވަނީ ކޮން މިސްކިތެއްކަން ނުބުނެ ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 3:47 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަޒީޒާ މިސްކިތަށެވެ.

މިސްކިތަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި މިސްކިތަށް ވަންނަ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު މިސްކިތްތެރޭގައި ހުރި މުސްހަފްތައް އުކާލައި އެ ތަކެއްޗަށް ވެސް ގެއްލުންދީފައިވާ ކަމަށްވެ އެވެ. 

ފުލުހުންގެ އިދާރާ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިފަހުން ވަނީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފަ އެވެ. އެގޮތުން މިސްކިތުގެ ތެރޭގައި ހުންނަ ތަކެތި ވަގަށް ގެންދިއުމުގެ އަމަލުތައްވެސް ހިންގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.