ޓޫރިޒަމް ހިސާބުތަކުން އެނގޭ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 110,313 މީހުންނެވެ. މިއީ މިދިޔަ އަހަރު އައި 111,987 ޓޫރިސްޓުންނާ އަޅާބަލާއިރު 1.3 ޕަސެންޓުގެ ކުޑަ ދަށްވުމެކެވެ.

ހަނގުރާމައާއެކު ހުއްޓާލި އެއާލައިންތައް ފެށުމާއެކު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު %4.5 ގެ ކުރިއެރުމެއް ލިބެމުން އަންނަ ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑެއިލީ އެރައިވަލްސް މިހާރު ވަނީ 5,568 އަށް އިތުރުވެފަ އެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާކިޔާނަމަ 4.5 ޕަސެންޓުގެ އިތުރުވުމެކެވެ. މިހާރު އަންނަ ޓޫރިސްޓުންގެ އަދަދު 6،000 އަށް މަތިވެފައިވާ ކަމަށް ދައްކަ އެވެ. އަދި މި މަހު އެންމެ ގިނައިން ޓޫރިސްޓުން އަދި ދުވަހެއްގެ ގޮތުގައި ދައްކަނީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ދުވަހު 5,568 ޓޫރިސްޓުން ޒިޔާރަޔްކޮށްފައިވެ އެވެ.
ޑެއިލީ އެރައިވަލް މުހިންމު ތަ؟ - ރިސޯޓުތަކާއި ގެސްޓް ތަކާއި އަދި ޓޫރިސްޓު އުނގުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް، އެ މީހުންގެ އޮޕަރޭޝަންތައް ތައްޔާރުކުރުމަށާއި ބުކިންތަކާއި އަންނަން އޮތް ޑިމާންޑަށް ކުރިއާލައި ތައްޔާރުވުމަށް މި މައުލޫމާތު ބޭނުންވެ އެވެ. މީގެ އިތުރުން ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާތީ، ޑެއިލީ އެރައިވަލްސްގެ ޑޭޓާ އިން ލިބޭ ކުރިއެރުމާއި ދަށްވުމުގެ ނިޝާނުން މުޅި މަހުގެ އަދި އަހަރުގެ އިގްތިސާދީ ލަފާކުރުންތައް ބައްޓަންކުރަން ސަރުކާރާއި މާލީ އިދާރާތަކަށް މަގުފަހިވެ އެވެ. އަދި ކޮންމެ މަހަކު ނުވަތަ ދުވަހަކު ޒިޔާރަތްކުރާ އަދަދުތަކަށް އަންނަ ބަދަލުތަކަށް ބަލައިގެން، ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތްތަކާއި މާކެޓިން ސްޓްރެޓެޖީތައް ބަދަލުކުރުމަށް މި ޑޭޓާ މުހިންމު ދައުރެއް އަދާކުރެ އެވެ.
ޓޫރިޒަމް ހިސާބުތަކުން އެނގޭ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 110,313 މީހުންނެވެ. މިއީ މިދިޔަ އަހަރު އައި 111,987 ޓޫރިސްޓުންނާ އަޅާބަލާއިރު 1.3 ޕަސެންޓުގެ ކުޑަ ދަށްވުމެކެވެ. މިމަހުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,180,195 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 1,238,071 ޓޫރިސްޓުންނާ އަޅާބަލާއިރު -4.7 ޕަސެންޓުގެ ދަށްވުމެކެވެ.
ރާއްޖެ އަށް މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މި އަހަރުވެސް އެ އަދަދަށް އަންނާނެ ކަމަށް ކުރިން އަންދާޒާ ކުރި އެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ކުރިއެރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.