ކޮންޓެެއިނާ ބޯޓު ފަހަރާއި އެހެން އުޅަނދު ފަހަރަށް ހާއްސަ ކީވޯލް ހަދަން ހަވާލުކޮށްފި

ރައީސް ޑރ. މުއިއްޒުގެ އެންމެ އުންމީދީ މި މަޝްރޫއުގެ ދަށުން ބޭރުން އަންނަ ކޮންޓެއިނާ އާގުބޯޓު ފަހަރު ކައިރިކުރަން ފުންމިނުގައި 14.6 މީޓަރު ހުންނަ 375 މީޓަރުގެ ކީވޯލެއް ހަދާނެ ފަސް މީޓަރުގެ ދިގު އަދި 820 މީޓަރުގެ ދިގު ކީވޯލްއެއް ހަދާނެ އެވެ.

އެމްޕީއެލްގެ އެމްޑީ ކެޕްޓަން ހުސެއިން ޝަފީގު އަދި ޗައިނާގެ ކަންޓްރީ މެނޭޖަރު ބާއޯއާއެކު އެއްބަސްވުން ބަދަލު ކުރަނީ -- މިހާރު ނޫސް ފޮޓޯ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތުގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ދެ ކީވޯލް ހަދަން ޗައިނާގެ ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) ކުންފުންޏަށް ހަވާލުކޮށްފި އެވެ.

އެމްޕީއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކެޕްޓަން ހުސެއިން ޝަފީގު އެވެ. އަދި ބަނދަރުގެ ގިނަ މަސައްކަތްތަކެއް ގިނަ ގައުމުތަކުގައި ކުރަމުން ގެންދާ ޗައިނާ ސީއެޗްއީސީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުންމީދީ މި މަޝްރޫއުގެ ދަށުން ބޭރުން އަންނަ ކޮންޓެއިނާ އާގުބޯޓު ފަހަރު ކައިރިކުރަން ފުންމިނުގައި 14.6 މީޓަރު ހުންނަ 375 މީޓަރުގެ ކީވޯލެއް ހަދާނެ ފަސް މީޓަރުގެ ދިގު އަދި 820 މީޓަރުގެ ދިގު ކީވޯލްއެއް ހަދާނެ އެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި އެއްބަސްވުމާއެކު ތިލަފުށި ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަވެގެންދާނެ އެވެ.
ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތްތައް ހަލުުވިކަމާއެކު އަންނީ ކުރިއަދެވެމުންނެވެ.

މި މަޝްރޫޢުގެ އިތުރު ބައެއް މަސައްކަތްތައް މި އަހަރުގެ ޖޫން 1 ވަނަ ދުވަހު އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ-ވޯލަކާއި 3 ހެކްޓަރުގެ ސަރަހައްދެއްގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތްތަކާއެކު ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް އަވަސް ވެގެންދާނެ އެވެ. އަދި މި ބަނދަރު ނިމުމުން މުދާ ކްލިއަ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް އަވަސް ވެގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.