މިދިޔަ ހަފުތާ ސްކޭމްގެ 36 މައްސަލަ | ގެއްލުގެ ފައިސާ 3 ލައްކައިން މަތި

ސްކޭމްގެ މައްސަލަތަކުން ސަލާމަތް ކުރެވުނު/ހޯދުމުގެ އަދަދު އުޅެނީ 117,439.50 ގަ އެވެ.

ސްކޭމް ހިންގަމުންދާ "ރާޔާ މާލެ" ޕޭޖު --

މިދިޔަ ހަފުތާގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 36 މައްސަލައެއް ފުލުހުންނަށް ހުށަޖެޅިއިރު، ގެއްލުގެ ފައިސާގެ އަދަދު ތިން ލަައްކައަށްވުރެ މަތިކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް ނުވަތަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

ހުށަހެޅި މައްސަލަތައް

  • ރިޕޯޓް ކުރެވުނު މައްސަލަ - 36
  • ގެއްލުނު ފައިސާ - 365,626.56 ރުފިޔާ
  • ސަލާމަތް ކުރެވުނު/ހޯދުމުގެ އަދަދު - 117,439.50 ރުފިޔާ

ފުލުހުން ބުނީ ސްކޭމް ކުރާ ފަރާތްތަކުން އާންމުކޮށް ބޭނުންކޮށްފައިވާ އުކުޅުތަކުގެ ތެރޭގައި، ވައިބަރ އަދި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށް އޮޅުވާލުމާއި، އޮންލައިން ވިޔަފާރި ޕްލެޓްފޯމް 'އައިބޭ' ބޭނުންކުރުން ހިމެނެ އެވެ. މީގެ އިތުރުން، އޮޅުވާލައިގެން ފޯނު ކޯލު ކުރުމާއި، ފޭކް ލިންކް ފޮނުވުމާއި އަދި ފޭކް ޕޭމަންޓް ރަސީދު ފޮނުވައިގެން ވެސް ގިނަ ބައެއްގެ އަތުން ފައިސާ ފޭރިގަނެފައިވެއެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގެ ބާވަތްތަކުގެ ތެރޭގައި އީ-ކޮމާސް (އޮންލައިން ވިޔަފާރި) ގެ 24 މައްސަލަ އާއިހެކްކުރުމުގެ 5 މައްސަލަ އަދި ފައިސާ މާރުކުރުމުގެ 3 މައްސަލައެއް ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ 2 މައްސަލައަކާއި ވަޒީފާ، ވިޔަފާރި އަދި ލޯނު ނެގުމަށްފަހު ފައިސާ ނުދިނުމުގެ ދެ މައްސަލަ އެކެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާގެ ރިޕޯޓުން ހާމަވާ ގޮތުގައި އެންމެ ގިނައިން ހިންގާފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) އާ ގުޅޭ ސްކޭމްތަކެވެ. އެހެންކަމުން، އިންޓަނެޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރާއިރު، އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ފޭކް ލިންކްތަކަށާއި ޕޭމަންޓް ސްލިޕްތަކަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.