އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ދާދި ދެންމެއަކު އާންމުކުރި ބަޔާނެއްގައި، ޖޯޑަންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ އަސްކަރީ ބޭހެއް އޮންނަ އުރުދުން އަށް ދިން ވަރުގަދަ ހަމަލާގައި އެމެރިކާގެ ސިފައިންގެ މީހަކު ގެއްލި ސިފައިންގެ ބަޔަކު މަރާލައިފި އެވެ.
އީރާނުން އިއްޔެ ވަނީ މި ހަމަލާ ދީފައިވާ ކަމަށާ މި ހަމަލާގައި މަދުވެގެން 50 ސިފައިންނަށް ގެއްލުންވެފައިވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އިއްޔެ އެމެރިކާއިން އެކަން ދޮގު ކުރި އެވެ. ނަމަވެސް އެމެެރިކާގެ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ދާދި ދެންމެއަކު އާންމުކުރި ބަޔާނެއްގައި، ޖޯޑަންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފިއެވެ.
އެމެރިކާ ސިފައިން ބުނެފައިވާ ގޮތުގައި އީރާނުގެ ހަމަލާގައި ސިފައިންގެ 2 މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަލާތަކާ ގުޅިގެން ޖޯޑަންގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ އިތުރު މީހަކު ގެއްލިފައިވާ ކަމަށްވެސް އެމެރިކާ ސިފައިން ބުނެފައިވެ އެވެ. ނަމަވެސް އެމީހާއަށްވީ ގޮތެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މީގެ އިތުރުން 4 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.