ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކުރައްވައި ނެރުއްވި ސަރކިއުލާގައި މި ބަދަލު ގެނައުމަށް ކުންފުނިތަކަށް ދީފައިވަނީ މި މަހުގެ 13 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތެކެވެ.

ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 % މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކުރައްވައި ނެރުއްވި ސަރކިއުލާގައި މި ބަދަލު ގެނައުމަށް ކުންފުނިތަކަށް ދީފައިވަނީ މި މަހުގެ 13 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތެކެވެ.
ޕީސީބީއިން މި އެންގުން އަންގާފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ދީފައިވާ އިރުޝާދުގެ ދަށުންނެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ އަމަލީ ގޮތުން ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން އެޗްޑީސީ އާއި ފެނަކަ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ، އަމިއްލަ އަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު (ވޮލަންޓަރީ ރިޑަންޑަންސީ ޕެކޭޖް) ހުޅުވާލާފައެވެ.
ޕީސީބީއިން ބުނެފައިވާ ގޮތުގައި ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުން ގެންދާނެ އެވެ. އެގޮތުން، މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީ އަށް ފޮނުވުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހިމެ އެވެ، އެގޮތުން
ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުން އަދި
އިތުރުގަޑީގެ މަސައްކަތް (އޯވަޓައިމް) ހަނިކުރުމުގެ އިތުރުން ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން ހިމެނެ އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ އަދަދާ ގުޅޭގޮތުން އެންމެ ފަހުން އާންމުވެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އުޅެނީ 30،000 އާއި 34،000 އާ ދެމެދުގަ އެވެ.