މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް

އެމްޕީއެލް އިން ބުނީ މި އިސްލާހުތަކަށް އަމަލުކުރަން މިމަހުގެ 20 ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހު ތަކެއް ގެންނަން ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނީ މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.

އެ ކުންފުނިން ބުނީ މިގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ފަސް (5) ދުވަހުގެ މުއްދަތުގެ "ހޯލްޑް" އުވާލުން ހިމެނެ އެވެ. ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދު ފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް "ހޯލްޑް" ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލެވޭނެ އެވެ. ނަމަވެސް، "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދާނެ އެވެ.

އެމްޕީއެލް އިން ބުނީ މީގެއިތުރުން، އެއް އުޅަނދަކަށް އެއް ފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު އުވައިލެވޭނެ އެވެ. މި ގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގަ އެވެ.

އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް މީގެ ފަހުން ނޯންނާނެ އެވެ. މި އުސޫލުގެ ބޭނުމަށްޓަކައި "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންނެވެ.


އެމްޕީއެލް އިން ބުނީ މި އިސްލާހުތަކަށް އަމަލުކުރަން މިމަހުގެ 20 ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.

މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް ގެނެވުނު ބަދަލުތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އޮޑި ވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، މާލޭ ނޯތު ހާބަ އިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.