އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް 1ގެ ގެސްޓްހައުސެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދުގެ މެންދުރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވެފައި ވަނީ މާލެ / ސްޓާ، މުހައްމަދު ރަޒީން (50އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.