އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީ ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި އެވެ.
ކުންފުނި އުފެއްދި މަގުސަދު - އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމެވެ.
ހަންކެޑެގައި ކުރީ ސަރުކާރުން ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްއޫއެއް ހިންގަން ނިންމާފަ އެވެ. އެގޮތުން ޗައިނާ އެގްޒިމް ލޯނެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) ކުންފުންޏާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަން 20237 ލޯނު ފެސިލިޓީ އެއްބަސްވުންތަކުގައި ސޮއިވެސް ކުރި އެވެ. އަދި 2024 ވަނަ އަހަރު ފިއުޗާ ހޮސްޕިޓަލިޓީ ސަމިޓް ވޯލްޑްގައި ގްލޯބަލް ޝޯކޭސްކޮށް މި ޕްރޮޖެކްޓް ލޯންޗުވެސް ކުރި އެވެ. ކުރީ ސަރުކާރުން ހަލާލް ޓޫރިޒަމަަށް ހުޅުވާލަން ނިންމި ދޮންހެރައަކީ ސ. މީދޫ ފަޅުތެރޭގައި އޮންނަ 12 ހެކްޓަރުގެ ރަށެވެ. އެތަން ހިއްކާފައިވަނީ ޓޫރިޒަމް ތަރައްގީ ކުރާށެވެ.
މި ސަރުކާރުން ގެނައި ބަދަލު - ހަންކެޑެ މަޝްރޫއަށް ގެންނަ ބަދަލާ ބެހޭ ގޮތުން ކުރީހެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ. އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް މިވުޒާރާގެ ފަރާތުން ބީލަމަށްލާނެ އެވެ. ނަމަވެސް އެކަންވެސް ވާގޮތް ނުވެ ވަނީ ސަރުކާރު ކުންފުންޏެއް އުފައްދަން ނިންމާފަ އެވެ/