މި އަހަރުގެ ނިޔަލަށް ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އަދި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ 860 މިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ 2023 އާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.

ބޭންކުން އަބަދު ވެސް ނިންމަކީ ޕްރޮފެޝަނަލް ނިންމުންތައް ކަމަށާ، ބޭންކުން އެހީތެރިކަން ދޭ މިންވަރު ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެއް ދެއްވައިފި އެވެ.
ބީއެމްއެލްއިން އިއްޔެ ބޭއްވި "ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ" ގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ އޭނާ ވިދާޅުވި ބޭންކުން ނިންމާ ކޮންމެ ނިންމުމަކީ އަދި ހާމަކުރާ މަޢުލޫމާތަކީ ބޭންކިން ދާއިރާގެ ފަންނުވެރިންގެ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ނިންމާ ނިންމުންތަކެކެވެ.
ހަރުދަނާ އުސޫލުތަކަށް ތަބާވުން - މި ނިންމުންތައް ނިންމަނީ ކޯޕަރޭޓް ގަވަނަންސްގެ ހަރުދަނާ އުސޫލުތަކާއި ދުނިޔޭގެ ބޭންކިންގެ ރިސްކް މެނޭޖްމެންޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން
ރެގިއުލޭޓަރީ ފަރާތްތަކުން ކަށަވަރުކުރުން - މިއީ އެމްއެމްއޭ އަދި ސީއެމްޑީއޭ ފަދަ ރެގިއުލޭޓަރީ އޮތޯރިޓީތަކުންނާއި އެކްސްޓާނަލް އޮޑިޓަރުންވެސް ކަށަވަރުކުރާނެ
ބައިނަލްއަޤްވާމީ މިންގަނޑުތައް ހިފެހެއްޓުން - ބޭންކު ހިންގަނީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ބޭންކުތައް ހިންގުމަށް ކަނޑައަޅާފައިވާ ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސް މިންގަނޑުތަކާ އެއްގޮށް ރާއްޖެއާއި ބައިނަލްއަޤުވާމީ ގޮތުން ކަނޑައަޅާފައިވާ ހުރިހާ ޝަރުޠުތަކަކަށް ފުރިހަމައަށް ތަބާވާކަމަށާއި، ގިނަ ކަންކަމުގައި އެ މިންގަނޑުތަކަށްވުރެ މަތީގައިވެސް ހިފަހައްޓާ
އެކަކު ބޭނުންވާހާ ގޮތަކަށް ނުހިންގޭނެ - ބޭންކަކީ އެންމެ މީހަކު ބޭނުން ގޮތަކަށް އުސޫލުތަކެއް ނެތި ހިންގާ މުއައްސަސާއެއް ނޫން، މިކަން އޮޑިޓް ރިޕޯޓްތަކުންނާއި ރިސްކް އަދި ކޮމްޕްލަޔަންސް ސްޓޭންޑަޑްތަކުން ހާމަވާނެ
ޝަރީފު ވިދާޅުވީ ކާޑުގެ މުޢާމަލާތްތަކަށާއި ޓީޓީ ފޮނުވުމަށާއި ތަޢުލީމާއި ބޭސްފަރުވާގެ އިތުރުން ފުރާ މީހުންނަށް ވިއްކާ ނަގުދު ފައިސާ ހިމެނޭހެން ބޭންކުން ޑޮލަރު ވިއްކާފައިވާ ނިސްބަތް ވަނީ އަހަރުން އަހަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ.

މީގެ އިތުރުން ޝަރީފު ވަނީ ޑެބިޓް ކާޑުތަކަށް ކަނޑައެޅިފައިވާ ލިމިޓްތައް ވެސް ބޮޑުކޮށްފައިވާކަން ފާހަަގަ ކުރައްވާފަ އެވެ. އެގޮތުން ރާއްޖެ އިން ބޭރުގައި ހިދުމަތަށާއި ތަކެއްޗަށް އަގު ދެއްކުމަށް 1000 ޑޮލަރު އަދި ދަތުރު ޓިކެޓް ގަތުމަށާއި ހޮޓަލަށް ފައިސާދެއްކުމަށާއި ބޭސްފަރުވާ އަށް 3000 ޑޮލަރަށް ލިމިޓް ބޮޑުކޮށް މިއަދާ ހަމައަށްވެސް އެ ހިދުމަތް ދެމުން އަންނަކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އެހެނިހެން ވިޔަފާރިތަކަށް ބޭންކުން ޑޮލަރުން ދޫކުރާ ލޯނުގެ އަދަދު ވެސް ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފައެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ޑޮލަރުން ދޫކުރެވިފައިވާ ލޯނުގެ ޖުމްލަ ޢަދަދު ވަނީ 860 މިލިއަން ޑޮލަރަށް އަރަ އެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ ޢަދަދާ އަޅާބަލާއިރު ދެ ގުނަ އިތުރު ޢަދަދެކެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އީ-ކޮމާސް ފަދަ ހިދުމަތްތަކަށް ޑޮލަރު ބޭނުންވާ މިންވަރު އިންތިހާއަށް އިތުރުވަމުންދާތީ، 2020 ވަނަ އަހަރުން ފެށިގެން ބޭންކަށް ޑޮލަރު ގަންނަން ލިބުނު ޢަދަދަށްވުރެ މާބޮޑަށްވެސް އިތުރަށް ޑޮލަރު ވިއްކާފައިވާކަން ބޭންކުން ފާހަގަކުރެއްވި އެވެ. އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ޙަވާލާދީ ޝަރީފު ވިދާޅުވި ގޮތުގައި އެ ހިނދަށް ބޭންކުން ވަނީ ލިބުނު ވަރަށްވުރެ 333 މިލިއަން ޑޮލަރު އިތުރަށް ވިއްކާފަ އެވެ.