މި ފަހަރުގެ ދިގު މުއްދަތުން އަދާކުރަން ޖެހޭ 182 ދުވަހުގެ ޓީ-ބިލަށް ހުޅުވާލާފައެއް ނުވެ އެވެ. މި ޓީބިލްގެ މެޗޫރިޓީ މުއްދަތަކީ 11، ޖަނަވަރީ 2027 އެވެ.

ބަޖެޓަށް އެތެރެއިން އާމްދަނީ ހޯދުމުގެ ގޮތުން 182 ދުވަހުން އަދާކުރަން ޖެހޭ ޓީބިލް ނުހިމެނޭހެން ޖުމްލަ 1.2 ބިލިއަން ހޯދަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ހުޅުވާލާފައިވާ ޓްރެޒަރީ ބޮންޑް (ޓީބިލް) ވިއްކުމުގެ ދަށުން ޖުމްލަ 1,220,674,000.00 ބިލިއަން ރުފިޔާ ހޯދަން ވަނީ މާކެޓަށް ނުކުމެފަ އެވެ.
ހަފުތާއަކު އެއް ފަހަރު ސަރުކާރުން ހިންގާ އާމްދަނީގެ މި ހަރަކާތުގެ ދަށުން އަންނަ އޮގަސްޓް 10 ވަނަ ދުވަހު ހަމަވާ 28 ދުވަހުގެ ޓީ-ބިލް ވިއްކަން ވަނީ 3.50% ގެ އިންޓަރެސްޓް ރޭޓުގައި 345 ރުފިޔާ ހޯދަން ހުޅުވާލާފަ އެވެ. މީގެ އިތުރުން 19، އޮގަސްޓްގައި ހަމަވާ 98 ދުވަހުގެ ޓީ-ބިލް ވިއްކަން ަނީ 3.87% ގެ އިންޓަރެސްޓް ރޭޓުގައި 169 މިލިއަން ރުފިޔާ ހޯދަން ހުޅުވާލާފަ އެވެ. ނަމަވެސް މި ފަހަރުގެ ދިގު މުއްދަތުން އަދާކުރަން ޖެހޭ 182 ދުވަހުގެ ޓީ-ބިލަށް ހުޅުވާލާފައެއް ނުވެ އެވެ. މި ޓީބިލްގެ މެޗޫރިޓީ މުއްދަތަކީ 11، ޖަނަވަރީ 2027 އެވެ. މި މުއްދަތުގެ ޓީބިލް ވިއްކަނީ 4.23% ގެ އިންޓަރެސްޓް ރޭޓުގައި އެވެ.
ސަރުކާރުން ޓީބިލް ވިއްކާ އަދަދުތަކުން އެންމެ ދިގު މުއްދަތުން އަދާކުރަން ޖެހޭ 364 ދުވަހުގެ ޓީ-ބިލަށް ވަނީ 4.60% ގެ އިންޓަރެސްޓް ރޭޓުގައި 706,6 ރުފިޔާ ހޯދަން ހުޅުވާލާފަ އެވެ. މި ޓީބިލްގެ މުއްދަތު ހަމަވާނީ 12، ޖުލައި 2027 ގަ އެވެ.
ސަރުކާރުން ކޮންމެ ހަފުތާއަކު ޓީބިލް ވިއްކަން ހުޅުވާލާއިރު، ސަރުކާރުން ވިއްކާފައިވާ ޖުމްލަ ސެކިއުރިޓީޒްގެ އައުޓްސްޓޭންޑިން ވަނީ 97,451 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާގެ ޓްރެޝަރީ ބިލްގެ ގޮތުގައި ހުރި 44,639 ބިލިއަން ރުފިޔާ އާއި ދިވެހި ރުފިޔާގެ ޓްރެޝަރީ ބޮންޑުގެ ގޮތުގައި ހުރި 28,622 ބިލިއަން ރުފިޔާ އަދި ޑޮލަރުގެ ޓްރެޝަރީ ބޮންޑުގެ ގޮތުގައި ހުރި 13,216 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުން ވިއްކާފައިވާ އިސްލާމިކް އިންސްޓްރޫމަންޓްސްގެ އަދަދުގެ ގޮތުގައި ދިވެހި ރުފިޔާއިން 5,937 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އާރް.ޑީ.ސީ / ޔޫ.އެސް.ޑީ ޓްރެޝަރީ ބިލްގެ އަދަދު 3,495 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނީގެ ނިސްބަތް މިހާރު ހުރީ 154.8 ބިލިއަން ރުފިޔާގަ އެވެ ،މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީ ގެ 124.4% އެވެ. އަދި މީގެ ތެރޭގައި ހިމެނޭ އެތެރޭގެ ދަރަނީގެ ޖުމްލަ އަކީ 92.1 ބިލިއަން ރުފިޔާ އެވެ. އެއީ ޖީޑީޕީ ގެ 74.0% އެވެ.