ބިންވެރިޔާ | ގުޅިފަޅުން ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަނީ

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް:

  • ހިޔާވަހި ޕޯޓަލް"އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުން.
  • ގޯތި ހަވާލުކުރުމުގެ ބަޔަށް ދިޔުން: ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ދިއުން.
  • ލިޔުން ޑައުންލޯޑް ކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ މީހެއް ނަމަ، އެ މީހަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެ. އަދި "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މި ބައިން ޑައުންލޯޑް ކުރެވޭނެ.
  • ލޮކޭޝަން ބެލުން: ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރު ކޯޑަކާއި ލިންކެއް ހިމެނޭނެ. އެ ކޯޑު ސްކޭންކޮށްގެން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ.

މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. 

އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
1250 އަކަފޫޓުގެ 669 ގޯތި
1650 އަކަފޫޓުގެ 1234 ގޯތި
2050 އަކަފޫޓުގެ 916 ގޯތި
2450 އަކަފޫޓުގެ 473 ގޯތި
2850 އަކަފޫޓުގެ 158 ގޯތި
3250 އަކަފޫޓުގެ 49 ގޯތި
3650 އަކަފޫޓުގެ 21 ގޯތި

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.