އާ ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަނުކުރަން ފާސްކޮށްފި

އެ ދެ ބޭފުޅުން އިގްތިސާދީ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އަމީޒާއަށް ދީފައިވަނީ 92 ޕަަސެންޓް މާކްސް އެވެ. އަދި ހަލީމަށް ލިބިފައިވަނީ 82 ޕަސެންޓެވެ.

ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ މިއަދު ވަނީ އައްޔަނުކުރަން ފާސްކޮށްފައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

ހުސްވެފައިވާ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އަމީޒާގެ އިތުރުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ. 

ރައީސް މުއިއްޒު، މި ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ، ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ބޭފުޅުންކަމަށް ވިދާޅުވެ އެވެ. 

އެ ދެ ބޭފުޅުން އިގްތިސާދީ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އަމީޒާއަށް ދީފައިވަނީ 92 ޕަަސެންޓް މާކްސް އެވެ. އަދި ހަލީމަށް ލިބިފައިވަނީ 82 ޕަސެންޓެވެ. 

އެއާ އެކު ކޮމިޓީން ނިންމާފައިވަނީ އެ ދެ ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރަން ގާބިލް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހި އަމީޒާއަށް 64 މެންބަރުން ތާއިދު ކުރެއްވުމާއެކު ޓެކްސް ކޮމިޝަނަރުކަމަށް އޭނާ އައްޔަނުކުރަން ވަނީ ފާސްވެފަ އެވެ. 

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގަ އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.