ޔުނެސްކޯ ޓެކް ޑިޕްލޮމަސީ ގްލޯބަލް ފޯރަމް ހުށަހަޅައިދެއްވީ ނޫރްޢައިން

މި ފޯރަމްގައި ޓެކް ދާއިރާގެ ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިިވި އެވެ. މިގޮތުން ބައިވެރިންގެ އަދަދު 1000 އަށް އަރާއިރު މީގެ ތެރޭގައި ގައުމުތަކުގެ ވަޒީރުންނާއި ޕްރޮފެސަރުން ވެސް ހިމެނެ އެވެ.

ޓެކް ދާއިރާގެ ހާހަކަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވި ޔުނެސްކޯ ޓެކް ޑިޕްލޮމަސީ ގްލޯބަލް ފޯރަމް ނޫރްޢައިން ހުށަހަޅައި ދެއްވަނީ

ދުނިޔޭގެ ޓެކް ދާއިރާގެ ހާހަކަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވި ޔުނެސްކޯ ޓެކް ޑިޕްލޮމަސީ ގްލޯބަލް ފޯރަމް މި އަހަރު ހުށަހަޅައި ދެއްވީ ރާއްޖޭގެ ނޫރްޢައިން މުހައްމަދު އަލީ ނަޖާހު އެވެ. 

ޕެރިހުގައި ހުންނަ ޔުނެކްސްކޯގެ މައި މަރުކަޒުގައި އޮތް މި ފޯރަމްގައި ތަފާތު ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެކަޑީމިއާގެ އިތުރުން ސިނާއީ އަދި މަދަނީ ޖަމިއްޔާތަކުން 1،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިން ބައިވެރިވެ ވަނީ މަޝްވަރާކޮށްފަ އެވެ. 

މި ފޯރަމްގެ މާސްޓާ އޮފް ސެރެމަނީގެ ގޮތުން ބޮޑު މި އިވެންޓުން ނޫރްޢައިން އަށް މި ފުރުސަތު ލިބިފައިވަނީ ޓެކްނޮލޮޖީގެ ދާއިރާގައި ގަވާނަންސް އަދި އޮންޓްރޮޕްރޮނިއަރޝިޕް އާއި ވެންޗާ ކެޕިޓަލް އަދި ޕަބްލިކް ޕޮލިސީގެ ދާއިރާ އިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާތީ އެވެ. މީގެ އިތުރުން ދުނިޔޭގެ މިފަދަ ގިނަ ޕްލެޓްފޯމްތަކުގައި ބައިވެރިވެވަޑައިގެންފައިވުން ވެސް ހިމެނެ އެވެ.  

މި ފޯރަމް ހުށަހަޅައި ދެއްވަމުން ނޫރްޢައިން ވަނީ މިއީ ހަމައެކަނި ވާހަކަތަކެއް ދެއްކުމަށްފަހު ހުއްޓާލާ ބަދަލުވުމެއްގެ ބަދަލުގައި އިތުބާރު ހުރި ޑިޖިޓަލް މުސްތަޤުބަލެއް ބިނާކުރުމަށް އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް މި ފޯރަމުން މަގު ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

މި ފޯރަމްގެ ތެރެއިން ޔޫއޭއީ ސަރުކާރާއި ގްލޯބަލް ސެންޓާ އޮން އޭއައި ގަވަނަންސް ގުޅިގެން ޒިންމާދާރުކަމާއެކު އޭއައި ތަރައްގީކުރުން އަވަސްކުރުމަށް އެކުލަވާލި "އެކްސް ގްލޯބަލް އޭއައި އެކްސެލެރޭޓާސް 5" ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. 

މި ތަޖުރިބާއާ ގުޅޭގޮތުން ނޫރްޢައިން ވަނީ ޓެކްނޮލޮޖީގެ ސަބަބުން ޑިޕްލޮމަސީ އާއި އިގްތިސާދީ ތަރައްގީ އަދި ސަލާމަތާއި ބައިނަލްއަގުވާމީ އެއްބާރުލުން ބައްޓަންވަމުންދާ މިންވަރު އިތުރުވަމުންދާކަން  ފާހަގަކުރައްވާފަ އެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވި އެވެ. 

މި ފޯރަމްގައި ކީނޯޓް ތަގުރީރު ދެއްވީ ޔުނެސްކޯގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލް ޑރ. އަބޫ އަމާނީ އާއި ޓެކް ޑިޕްލޮމަސީ ގްލޯބަލް އިންސްޓިޓިއުޓްގެ ފައުންޑަރު އަދި ރައީސް އަޔޫމީ މޫއާ އައޯކީ އެވެ. މެލޭޝިއާގެ މިނިސްޓާ އޮފް ޑިޖިޓަލް ގޯބިންދު ސިންހް ޑިއޯ ފަދަ ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ލީޑަރުން ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އޮކްސްފޯޑް ޔުނިވާސިޓީ އާއި ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕްރޮފެސަރުންނާއި އޭއައި ދާއިރާގެ މާހިރުން ވަނީ މިހާރުގެ ދުނިޔޭގެ ނިޒާމު ބައްޓަންކުރުމުގައި ޓެކްނޮލޮޖީ ކުންފުނިތަކުގެ ނުފޫޒާ މެދު ވާހަކަ ދައްކާފައިވެ އެވެ. 

ނޫރްޢައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން ނިއުޒީލެންޑްގެ ޓެކްނޮލޮޖީ އަދި އިނޮވޭޝަން އިކޯސިސްޓަމްގައި އޭނާ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ނޫރްޢައިން އަކީ ހާމްސްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަދި ޑިޖިޓަލް ގަވަނަންސް އިނިޝިއޭޓިވްސް ތަކަށް އެހީތެރިވެ ދެއްވާ ބޭފުޅެކެވެ. މިގޮތުން މިދިޔަ އަހަރު ވޯލްޑް އިކޮނޮމިކް ފޯރަމްގެ "ޔަންގް ގްލޯބަލް ލީޑާސް" ގެ ޝަރަފު ވެސް އޭނާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން މިހާރު ބައިނަލްއަގްވާމީ ގޮތުން "ކަނޑޫފާ ފައުންޑޭޝަން" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި އެ ޖަމިއްޔާ މެދުވެރިކޮށް ދިވެހި ޒުވާނުންނާއި އަންހެނުންނަށް އެހީތެރިވެދިނުމުގެ ގޮތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.