ދާލު އެއާޕޯޓަކީ ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށާއި ހާއްސަކޮށް ދާލު އަތޮޅާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދަތުރުފަތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއާޕޯޓެކެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތައް އިތުރުވަމުންދާއިރު، މި އަހަރު ދާލު އެއާޕޯޓުން 933 ޓޫރިސްޓުން ރާއްޖެއަށް އެތެރެވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ މަހުން ފެށިގެން ދާދު އެއާޕޯޓުން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަށް ޖުމްލަ 3 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ % 0.1 އެވެ.
ދާލު އެއާޕޯޓަކީ ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށާއި ހާއްސަކޮށް ދާލު އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދަތުރުފަތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއާޕޯޓެކެވެ. މި އެއާޕޯޓަށް އެންމެ ފުރަތަމަ ފްލައިޓެއް ޖައްސާފައިވަނީ 1، ޖޫން 2017 ގައެވެ. ނަމަވެސް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 1 ނޮވެމްބަރު 2017 ގަ އެވެ. އެއާޕޯޓު ތަރައްޤީކޮށްފައިވަނީ ކުޑަހުވަދޫގެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި މިއީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅުކޮށް ތަރައްގީކޮށްފައިވާ އެއާޕޯޓެވެ. މަންޓާ އެއާއިން ތަރައްގީކޮށްފައިވާ މި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1,800 މީޓަރު ހުރެ އެވެ. މީގެ ސަބަބުން ޑޭޝް-8 އަދި އޭޓީއާރު-72 އާއި ޕްރައިވެޓް ޖެޓް އޮޕަރޭޝަންތަކަށް މި އެއާޕޯޓް ވަނީ ފައްކާވެފަ އެވެ.