ހޯރަފުށީގެ ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް މީހަކަށް ހަމަލާދިން މައްސަލަ ބަލަނީ

"މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މެސެޖުގައި ބުންޏެވެ.

ހޯރަފުށި :-- ހޯރަފުށީ ކައުންސިލުން

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ކުދިންތަކެއް މާރާމާރީ ހިންގިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، އެ ހިޔާގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 

"މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މެސެޖުގައި ބުންޏެވެ.

މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ރަށުގެ ގިނަ ބަޔަކު އެ ހިޔާ ދޮށަށް އެއްވެ އިހުތިޖާޖު ކުރާ މަންޒަރު ފެނެ އެވެ.

އަދި އެ ހިޔާގެ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދިނުމަށްފަހު ފަޅު ގެއަކަށް އެއްލާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.