ޖޭއެސްސީން އިއްޔެ ވަނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފެންނަ ހާލަތްތަކުގައި ކޯޓުތަކުގެ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
އިސްފަނޑިޔާރުކަމަށް އިއުލާނުކޮށް، އިންޓަވިއުކޮށް، އެ މަގާމަށް ފަނޑިޔާރުން އައްޔަނުކުރުމުގެ ޒިންމާ ޖޭއެސްސީއާ މަތިކޮށްފައިވިޔަސް، އިސްފަނޑިޔާރުން ބަދަލުކުރުމާއި ވަކިކުރުމުގެ ވަކި އުސޫލެއް މިހާތަނަކަށް ނޯވެ އެވެ.
ޖޭއެސްސީން އިއްޔެ ވަނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.