ޕެންޝަން އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލު އާ އެއް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލު އާ އެއްގޮތަށެވެ.
ޕެންޝަން އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޕެންޝަން، މާލީ އިންވެސްޓްމަންޓް އޮޑިޓް، އިގްތިސާދީ، ވިޔަފާރި، ގާނޫނީ، އައިޓީ، ސޯޝަލް ސެކިއުރިޓީ، ޕަބްލިކް ޕޮލިސީ ނުވަތަ ހިއުމަން ރިސޯސަސްގެ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، އެއިން ދާއިރާއެއްގައި މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މީހަކަށްވުން (މަޤާމަށް ކުރިމަތިލާ ތާރީޚާ ހަމައަށް ޕްރައިވެޓް ސެކްޓަރގައި މަދުވެގެން 1 އަހަރު މެދުނުކެނޑި ވަޒީފާ އަދާކޮށްފައިވުން) ވެސް ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން، ސަރުކާރުގެ 50% އަށްވުރެ ގިނަ ހިއްސާ އޮންނަ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން، އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުންވެސް ހިމެނެ އެވެ.