މިފްކޯއިން މަސް ގަތުމަށް އެންމެ ރުފިޔާއެއް ވެސް ސަރުކާރުން މިހާރު ނުދޭ

މި ސަރުކާރުން މިހާރު ވަނީ ސަރުކާރުން ދޭ ސަބްސިޑީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް މިފްކޯ ހަދާފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝިޔާމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަސްވެރިން އަތުން މަސް ގަތުމަށްޓަކައި، އެކި ސަރުކާރުތަކުން މިފްކޯއަށް ދެމުން އައި ސަބްސިޑީ މި ސަރުކާރުން މިހާރު އެކީގައި ހުއްޓާލާފައިވާކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަނެގެން ތިބީ ކަމަށެވެ. 

ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ ސަރުކާރުން ދޭ ސަބްސިޑީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް މިފްކޯ ހަދާފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިހާރު މިފްކޯއަށް ސަރުކާރުން މަސް ގަންނާށޭ ކިޔާފައި އެންމެ ރުފިޔާއެއް ވެސް ނުދެން. އެންމެ ރުފިޔާއެއް ވެސް ނުދެން. މިއީ މި ސިޔާސަތުތަކުގެ ސަބަބުން. އަޅުގަނޑުމެން ބޭނުން ވަނީ މިފްކޯއަކީ ވެސް ކޮޅަށް ހުރެގެން މަސައްކަތް ކުރާ ކުންފުންޏަކަށްވުން،" ޝިޔާމް ވިދާޅުވި އެވެ. 

މިދިޔަ އެމްޑީޕީ ސަރުކާރުން މިފްކޯއަށް ސަބްސިޑީ ދީގެން 25ރ. އަށް މަސް ކިލޯއެއް ގަންނަން ފެށުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން ޕްރައިވެޓް ކުންފުނިތައް ބޭރުވާ ހިސާބަށް ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިއަދު ވިޔަފާރީގެ ހެޔޮ މާހައުލެއް އުފެދިއްޖެ ކަމަށާއި މިހާރު ޕްރައިވެޓް ކުންފުނިތަކާ ވެސް އެކު މުޅި ސިނާއަތު ދަނީ ކުރިއަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.