ބީއެމްއެލާއި އެމްއެމްސީ އެކުވެގެން ފައިނޭންޝަލް ޖާނަލިޒަމް ކިޔައިދީފި

ފައިނޭންސަލް ޖާނަލިޒްމްގެ ވޯކްޝޮޕްތައް ނޫސްވެރިންނަށް ހިނގުމަކީ ރާއްޖޭގެ މީޑިއާއަށް މުހިންމުވެފައި އޮތް ދާއިރާއެކެވެ. އަދި އެއީ ނޫސްވެރިން ބިނާ ކުރުމުގައި އެމްއެމްސީން ފަހަކަށް އައިސް އިސްކަން ދިން ދާއިރާއެކެވެ.

މިއަދު ކުރިޔަށް ގެންދިޔަ އެއް ދުވަހުގެ ވޯކްޝޮޕް ގައި "މި" ނޫހުގެ އެޑިޓަރު މުހައްމަދު އަފްރާހު އަދި އެހެން ބައެއް ބައިވެރިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދިވެހި ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް މިއަދު ހިންގައިފި އެވެ.

މި ވޯކްޝޮޕް، ނޫސްވެރިން ހިމެނޭ ގޮތަށް މާލޭގައި މިއަދު ކުރިޔަށް ގެންދިޔައީ މެންހެޓަން ބިޒްނަސް ހޮޓެލްގަ އެވެ.

ފަސް ސެޝަނަކަށް ރާވާފައި އޮތް މި ވޯކްޝޮޕްގައި އިގްތިސޯދުގައި ބޭންކުތަކުން އަދާ ކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުން ބަލާ މިންގަނޑުތަކާއި، ޑިޖިޓަލް ބޭންކިން ކުރިއަރަމުން އަންނަ ގޮތުގެ މި ޒަމާނުގެ މައުލޫމާތުތައް ހިއްސާ ކުރި އެވެ.

މީގެ އިތުރުން ފަހަކަށް އައިސް ރާއްޖޭގެ މީޑިއާގައި ވަރަށް ގިނައިން ރިޕޯޓް ކުރަމުން ގެންދާ މަނީ ލޯންޑަރިން އާއި ޓެރަޒިޒަމަށް ފައިނޭންސް ކުރުން ފަދަ ކަންކަން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް އަދި ރިޕޯޓްތައް ބަލައި ރިޕޯޓް ކުރާނެ ގޮތުގެ މައުލޫމާތު ވެސް ދިނެވެ.

އެމްއެމްސީ އާއި ބީއެމްއެލް އިން ހިންގި ވޯކްޝޮޕްގައި ބޭންކްގެ އޮފިޝަލަކު މައުލޫމާތު ދެއްވަނީ

އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އާންމުން އެކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބުނެދިން އިރު އެފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ކިޔައި ދިނެވެ.

ފައިނޭންސަލް ޖާނަލިޒްމްގެ ވޯކްޝޮޕްތައް ނޫސްވެރިންނަށް ހިނގުމަކީ ރާއްޖޭގެ މީޑިއާއަށް މުހިންމުވެފައި އޮތް ދާއިރާއެކެވެ. އަދި އެއީ ނޫސްވެރިން ބިނާ ކުރުމުގައި އެމްއެމްސީން ފަހަކަށް އައިސް އިސްކަން ދިން ދާއިރާއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.