އެމްޑީޕީއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ފިނޭންސް މިނސްޓަރު އަމީރު ވަނީ މި ސަރުކާރުގެ އިގްތިސޯދީ ސިޔާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރާއްޖޭގެ މިހާރު ފެންނަ ބޮޑު ދަރަނި މަތިކޮށް، ރާއްޖެ ދައުވާލުމުގެ މޭސްތިރިއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ފިނޭންސް މިނސްޓަރު އަމީރު ވަނީ މި ސަރުކާރުގެ އިގްތިސޯދީ ސިޔާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މި ވާހަކައަށް ރައްދު ދެއްވައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށާ، ނަމަވެސް އަމީރު މިހާރު އެ ހުންނެވީ ލައިގެންހުރި ގަމީސްކޮޅު އަނެއް ފުށަށް ބަދަލު ކުރައްވައިގެންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެ ޕެނަލްގައި ތިއްބެވި ބައެއް ބޭފުޅުންވެސް ފައިސާ ޗާޕު ނުކުތަން ތަކުރާރުކޮށް އެދެމުން ދިޔަ އެވެ.
"އަޅުގަނޑު މިކަމގައި ޓޯޓަލް ޑިޒައިން މޭސްތިރިއަކީ އަމީރުއޭ މި ދަންނަވަނީ ރައީސް ސޯލިހުއަށް ލަފާ އަރުވަން ހުންނަވާ ބޭފުޅަކީ އަމީރު ކަމަށްވާތީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިއަދު ރައްޔިތުން ބޭނުންވަނީ މި މައްސަލަތަކުގެ ހައްލެވެ. ނަމަވެސް އެމްޑީޕީން އެކަން ކުރާނެ ގޮތެއް ވިދާޅު ނުވާ ކަމަށެވެ.