އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ފެނިފައިވަނީ އެ ރަށު ސީސަންގެ އަލީ އަބްދުالله، 82 އަހަރު ކަމަށެވެ.

އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ފެނިފައިވަނީ އެ ރަށު ސީސަންގެ އަލީ އަބްދުالله، 82 އަހަރު ކަމަށެވެ.
އަބްދުﷲ އަލީގެ ހަށިގަނޑު ފެނިފައިވަނީ ލޯންޗެއްގައި އުޅުނު ބަޔަކަށެވެ. އަދި ފަހުން ވަނީ އެކަން ފުލުހުންނަށް އެނގުމުން ވަނީ އޭނަގެ ހަށިގަނޑު ވަނީ ނަގާފަ އެވެ.
ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުގައި އެ މީހާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީިޑިއޯއިން ފެންނަ ގޮތުގައި އަބްދުﷲ އަލީގެ ހަށިގަނޑު ޕްލާސްޓިކް ކަޅު ކޮތަޅަކަށް ލައިގެން ނަގާ މަންޒަރު ފެނެ އެވެ.