
ފުލުހުން ބުނީ، އޭދަފުށީގެ ބަނދަރު ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:55 ގައި ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު މޫދުން ނަގައިގެން، ޑިންގީއެއްގައި ގެނެސް، އެ ރަށަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.
ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.