ވިލިމާލެގައި ހުރި ބޮޑު ނިކަ ގަހެއް ކަނޑާޅީ ބަޔަކު ކައުންސިލުން ހޯދަނީ

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެ ގަސް ކެނޑި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ވިލުމާލޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލާފައި -- އެކްސް

ވިލިމާލެ ޕާކޭގެ ތެރޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލައިފި ބަޔަކު ހޯދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. 

ވިލިމާލޭގެ ފެހިކަމަށް މުހިންމު މި ގަސް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތަކަކާ އާންމު މީހަކު ރޭ އެކްސްގައި ވަނީ ޕޯސްޓެއް ޝެއާކޮށްފަ އެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުން ބޮޑު ނިޔަ ނިކަގަސް ވަނީ އެއްކޮށް ކަނޑާލާފަ އެވެ. 

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެ ގަސް ކެނޑި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން 24 ގަޑިއިރު މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ އަދި ފުލުހުން ފޯރިމަގާ ވިލިމާލެއިން އެވަރުގެ ބޮޑު ގަހެއް ކަނޑާލިއިރު އެކަން ކައުންސިލާއި ތިމާވެށީގެ މިނިސްޓްރީއަށް ނޭނގި އޮތުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ވިލިމާލޭގައި ހުރި ބޮޑެތި ނިކަގަސްތަކުގެ މައްސަލަ ވަނީ ރައީސް ޑރ. މުއިއްޒުއާ ވިލިމާލެ ރައްޔިތުން ބައްދަލުކުރި ބައްދަލުވުންތަކުގައި ހުށަހަޅާފަ އެވެ. އަދި އެ ގަސްތަކުގެ ސަބަބުން ބައެއް ގޭގެއަށް ގެއްލުން ލިބޭ ޝަކުވާވެސް ހުށަހަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.