މި އަހަރު ރާއްޖޭގެ އިމްޕޯޓަށް 3.5 ބިލިއަން ޑޮލަރު | %4.1 އިތުރުވާނެ

މި ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ކަރަންޓް އެކައުންޓް ބެލެންސް މި އަހަރު ނިމޭއިރު 627.7 މިލިއަން ޑޮލަރުން ޑެފިސިޓް ވާނެ ކަމަށް ދައްކަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު % 31.8 ގެ ދަށްވުމެކެވެ.

އެމްޕީއެލް މުވައްޒަފުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ -- އެމްޕީއެލް

މި އަހަރު ރާއްޖޭގެ އިމްޕޯޓަށް 3.5 ބިލިއަން ޑޮލަރު ހަރަދު ކުރާއިރު، މި އަދަދު މިދިޔަ އަަހަރަށްވުރެ 4.1 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފި އެވެ. 

މަރުކަޒީ ބޭންކް އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރެފައިވާ 2020 އިން 2026 އަށް ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ދައްކާ ގޮތުން ކުރިއަށް އޮތްތަނުގައި ބާޒާރުގެ ބޭނުންތަކަށް ރާއްޖެއަށް މުދާ އެތެރެކުރަން ނުވަތަ އިމްޕޯޓް ކުރުމަށްޓަކައި މި އަހަރު ޖުމްލަ ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ދައްކަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރަން ހޭދަކުރި 3.3 ބިލަން ޑޮލަރާ އަޅާބަލާއިރު %4.1 ގެ އިތުރުވުމެކެވެ.

މި ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަކީ އާންމު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މުދަލުގެ ބޮޑު ބައެއް ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއެކު، އިމްޕޯޓަށް ކުރާ ހޭދަ އަބަދު ވެސް އުޅެނީ މުދާ ބޭރުކުރާ މިންވަރަށްވުރެ އެތައް ގުނައެއް މަތީގަ އެވެ.

އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު

  • މި އަހަރުގެ އިމްޕޯޓް ހޭދަ - 3.5 ބިލިއަން ޑޮލަރު
  • މި އަހަރުގެ އެކްސްޕޯޓް އާމްދަނީ - 478.7 މިލިއަން ޑޮލަރު.

މި ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއެރުންތަކެއް ދައްކަމުން އައި ރާއްޖޭގެ ކަރަންޓް އެކައުންޓް ބެލެންސް މި އަހަރު ނިމޭއިރު 627.7 މިލިއަން ޑޮލަރުން ޑެފިސިޓް ވާނެ ކަމަށް ދައްކަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %31.8 ގެ ދަށަށް ދިއުމެކެވެ.

ފަސް އަހަރުގެ ކަރަންޓް އެކައުންޓް ބެލެންސް

  •  2022 - އެއް ބިލިއަން ޑޮލަރުގެ ފައިދާއެއްގައި
  •  2023- މިއަދަދު 1,399.8 ބިލިއަން ޑޮލަރަށް މަތިވި
  •  2024 - (އިސްލާހުކުރެވިފައިވާ) ކަރަންޓް އެކައުންޓް 1,253.7 ބިލިއަން ޑޮލަރުގަ
  •  2025 ވަނަ އަހަރު (ވަގުތީ އަންދާޒާ) ކަރަންޓް އެކައުންޓް ބެލެންސް 476.2 މިލިއަން ޑޮލަރަށް ދަށްވި
  •  2026 ވަނަ އަހަރު (ލަފާކުރާ ގޮތް) އެކައުންޓް ބެލެންސް ޑެފިސިޓްވެ، -627.7 މިލިއަން ޑޮލަރަށް ވެއްޓޭނެ

ކަރަންޓް އެކައުންޓް ބެލެންސް މި އަހަރު ނެގެޓިވްވާ މައިގަނޑު ސަބަބަކީ ރާއްޖެއަށް މުދާ އެތެރެކުރަން ކުރާ ހޭދަ ނުވަތަ އިމްޕޯޓް ބޮޑުވުމެވެ. މިގޮތުން މި އަހަރު މުދާ އެތެރެކުރަން  3.5 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މުދާ ބޭރުކޮށްގެން (އެކްސްޕޯޓް) ލިބޭނެ ކަމަށް ލަފާކުރެވެނީ އެންމެ 478.7 މިލިއަން ޑޮލަރެވެ. މީގެ ސަބަބުން މުދަލުގެ ވިޔަފާރިން އެކަނިވެސް ތިން ބިލިއަން ޑޮލަރުގެ ބޮޑު ޑެފިސިޓެއް އުފެދެ އެވެ. 

ޓޫރިޒަމް ދާއިރާ ހިމެނޭ ހިދުމަތްތަކުގެ އެކްސްޕޯޓުން 5,887.6 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، ޕްރައިމަރީ އިންކަމްގެ ގޮތުގައި -800.0 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ދިއުމާއި އިމްޕޯޓް ހަރަދު މަތިވުމުގެ ސަބަބުން ކަރަންޓް އެކައުންޓަށް މި ނޭދެވޭ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ކަރަންޓް އެކައުންޓް ނެގެޓިވްކޮށް ހުރިނަމަވެސް ރާއްޖޭގެ އިގްތިސޯދީ އުފެއްދުންތެރިކަން ނުވަތަ ނޮމިނަލް ޖީޑީޕީ ކުރިއަށް މި އަހަރު ނިމޭއިރު ގާތްގަނޑަކަށް 8.07 ބިލިއަން ޑޮލަރަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިއީ 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ހުރި ތިން ބިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.