ނާސިހު ލޮރީ ދަށުވީ އޯވަޓޭކް ކުރަން އުޅެނިކޮށް

ސީސީ ފުޓޭޖު ބެލިބައެއް މީހުންނާ ހަވާލާދީ މިހާރު ނޫހުން ބުނީ ނާސިހު ގައިމައްޗަށް ލޮރީ އަރާފައިވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން އުސްފަސްގަނޑާ ދިމާލަށް ދަތުރުކުރި ހެވީ ވެހިކަލް އޯވަޓޭކް ކުރަން އުޅެނިކޮށެވެ.

ނާސިހު ދުއްވި ސައިކަލް ހަލާކުވެފައި -- މިހާރު ފޮޓޯ

މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި 39 އަހަރުގެ އިބްރާހިމް ނާސިހު ނިޔާވީ ލޮރީ ދަށުވެގެންކަަށް ސީސީ ފުޓޭޖުން ދައްކައިފި އެވެ. 

ސީސީ ފުޓޭޖު ބެލިބައެއް މީހުންނާ ހަވާލާދީ މިހާރު ނޫހުގައިވާ ގޮތުން އޭނާގެ ގައިމައްޗަށް ލޮރީ އަރާފައިވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން އުސްފަސްގަނޑާ ދިމާލަށް ދަތުރުކުރި ހެވީ ވެހިކަލް ބޮޑު ލޮރީގެ އޯވަޓޭކް ކުރަން އުޅެނިކޮށެވެ. ވީޑިއޯ ފެނުނު މީހުންނާ ހަވާލާދީ އެ ނޫހުން ބުނީ ސައިކަލް ދަށުވި މީހާ އުޅުނީ ލޮރީއާ އެއް ހަމައެއްގައި ދިޔަ އެހެން ސައިކަލާ ލޮރީއާ ދޭތެރެއިން ވަދެ ކުރިއަށް ދާށެވެ. ނަމަވެސް ކުރިއަށްދާނެ ޖާގަ ނުލިބުމުން ކުއްލިއަކަށް ބުރަކި ޖެއްސި ކަހާލައިގެން ގޮސް ލޮރީގެ ދަށުވީ ކަމަށް ބެލެވެ އެވެ. 

ފުލުހުން އިއްޔެ ބުނީ ނާސިހު މަރުވީ ބަރު މުދާ އުފުލަން ބޭނުންކުރާ ދިގު ޓްރެއިލާ ލޮރީއެއްގެ ދަށުވެގެން ކަމަށް ވިޔަސް އެ އުޅަނދުގެ ދަށުވާން މެދުވެރިވީ އެ އުޅަނދުގައި ނާސިހުގެ ސައިކަލް ޖެހިގެންނޫން ކަމަށެވެ. މި ލޮރީއަކީ ހިލަ ބަރުކޮށްގެން ދިޔަ 30 ޓަނުގެ ބޮޑު ބަރު ލޮރީއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.