މި މަސް ފެށުނުއިރު، ދައުލަތުގެ މަނީ ސްޕަލައި، 78.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޑޮލަރު ހުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް އިގުތިސާދުގެ ތެރޭގައި ދިވެހި ރުފިޔާ އެނބުރޭ ކަމަށް އޭނާ ވިދާޅުވި

ރާއްޖޭގައި އިގުތިސާދުގައި މި ވަގުތު ދައުރުވަމުންދާ 78 ބިލިއަން ޑޮލަރު "ދުވަނީ" މި ވަގުތު ލިބެން ހުރި 800 މިލިއަނެއްހާ ޑޮލަރު "ފަހާ" ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ދުވަހުން ދުވަހަށް ޑޮލަރުގެ އަގު އުފުލޭތީ އިދިކޮޅު އެމްޑީޕީން ރޭ 'ޑޮލަރެއް ނެތް' ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، 2020 ވަނަ އަހަރު ދިވެހި ރުފިޔާގެ ސަޕްލައި ހުރީ 41.4 ބިލިއަން ރުފިޔާގައި ކަމަށެވެ.
ނަމަވެސް މި މަސް ފެށުނުއިރު، ދައުލަތުގެ މަނީ ސްޕަލައި، 78.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޑޮލަރު ހުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް އިގުތިސާދުގެ ތެރޭގައި ދިވެހި ރުފިޔާ އެނބުރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި 78 ބިލިއަން ރުފިޔާ މި ދަނީ ރާއްޖެއަށް އެވައިލަބަލް ހުރިހާ ޑޮލަރެއް ފަހާ ދުވަން. ރާއްޖޭގެ ބަޖެޓަށް ވަތް ކަމަށް ތަފާސްހިސާބުތައް ދައްކަނީ، 800 މިލިއަން ޑޮލަރު،" އިލްޔާސް ވިދާޅުވި އެވެ.
މީގެއިތުރުން، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު 20ރ. އަށް ވުރެ މައްޗަށް އަރާފައިވާއިރު، އިގުތިސާދުގައި މި ވަގުތު ޑޮލަރު ހުރީ، އޭނާ ވިދާޅުވި ގޮތުގައި އެންމެ 16 ބިލިއަން ރުފިޔާއަށް ވާވަރަށެވެ.