ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮސްޓްރޭލިއާ އޮތީ 11 ވަނާގަ އެވެ. ނަމަވެސް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 26,186 ޓޫރިސްޓުންނާއެކު ޖުމްލަ މާކެޓުގެ 2.4 % ހިއްސާއެއް ދަނީ ކުރަމުންނެވެ.

މި އަހަރުގެ މިހާތަނަށްވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި ޗައިނާ ލީޑް ކުރަމުންދާއިރު ޓޫރިޒަމް ގަދަ 10 ގެ ލިސްޓަށް އޮސްޓްރޭލިޔާ ވަދެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިން ނެވެ. އެ ގައުމުން މިހާތަނަށް 184,080 ފަތުރުވެރިން އައިސްފައިވާއިރު މިއީ ޖުމްލަ މާކެޓުގެ 16.6 % ގަ އެވެ. ދެވަނައިގައި އޮތް ރަޝިޔާ އިން 160,605 ފަތުރުވެރިން އައިސް ޓޫރިޒަމްގެ ހިއްސާ ވަނީ 14.5% އައިސްފައިވާއިރު، ތިންވަނައިގައި އޮތީ 90,201 ޓޫރިސްޓުންނާއެކު ޔޫކޭ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮސްޓްރޭލިއާ އޮތީ 11 ވަނާގަ އެވެ. ނަމަވެސް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 26,186 ޓޫރިސްޓުންނާއެކު ޖުމްލަ މާކެޓުގެ 2.4 % ހިއްސާއެއް ދަނީ ކުރަމުންނެވެ.
މި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބައެއް ގައުމުތަކުގެ ރޭންކިން އަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މިދިޔަ އަހަރު ފަސް ވަނައިގައި އޮތް އިޓަލީ ވަނީ 75,690 ޓޫރިސްޓުންނާއެކު ހަތަރު ވަނަ އަށް ޖެހިލާފައެވެ. އަދި މި އަހަރުވެސް އަހަރު ހަތަރު ވަނައިގައި އޮތް ޖަރުމަނުވިލާތް ވަނީ ފަސް ވަނާގަ އެވެ.