ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހަމަނުޖެހުން ހިންގި ދެ މީހުން ހައްޔަރުކޮށްފި

ފުލުހުން ރޭ ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ޕީއެންސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނިކޮށް ހިނގި ދެބަސްވުމެއްގައި، ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި، އެތަނުގައި ހުރި ގޮނޑިތައް އުކައި، މާރާމާރީ ހިންގަން މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހުން ވެސް ކޮއްޕާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

ފުލުހުން ރޭ ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.  

މި އިންތިހާބުގައި 40،000 އެއްހާ ޕީއެންސީގެ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެތެރެއިން 85 ޕަސެންޓު މީހުން ވޯޓުލާފައިވާކަމަށް ޕީއެންސީން ބުނެ އެވެ. 

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.