މި އެކްސިޑެންޓުގައި މަރުވެފައިވަނީ ފިރިހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގަ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:00 އެހާކަން ހާއިރު އެ އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިންނެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާ މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ފިރިހެނެކެވެ.
ފުލުހުން ބުނީ އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ލިިބުމުން ހިއްސާ ކުރާނެ ކަމަށެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ލޮރީއިން ޖެހި އެމީހާ ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހިިގެން ވަނީ ބޯ ގާތްގަނޑަކަށް ޗިސްް ޗިސްވެފަ އެވެ. އަދި އޭނާގެ ސިކުނޑިވެސް ބޭރަށް ނުކުމެފައިވާ ކަަމަށް އޭނާ ކިޔައިދިނެވެ.