ބުކްލެޓް ގެނެސް، އީ-ޕާސްޕޯޓު ދޫކުރަން އަލުން ފަށަނީ

މިދިޔަ މެއި މަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެގެންނެވެ.

ދިވެހި ޕާސްޕޯޓްތަކެއް -- ފޮޓޯ: ޓީއެމްޖޭ

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހް ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެގެންނެވެ.

މިކަމާ ގުޅޭ ގޮތުން ފަސީހު ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރު ދީފައިވާ ކަމަށާއި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށެވެ.

އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ހިދުމަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

"އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރ. ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600ރ. އެވެ.

މިފަދަ ހާލަތްތަކުގައި މީގެކުރިން އަމަލުކުރާ ގޮތާ ހިލާފަށް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލައި، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.