ބީއެމްްއެލްގެ ހިސާބުތައް ދައްކާ ގޮތުން 2021 ގައި މަހަކު ވިއްކަކުން ގޮސްފައިވަނީ 21 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން 2021 ގައި ވިއްކި ޑޮލަރުގެ އަދަދު އިތުރުކޮށް. މަހަކު ވިއްކާ އަދަދު 80 މިލިއަން ޑޮލަރަށް މަތިކޮށްފައިވާ ކަމަށް ބުނެފި އެވެ.
ބީއެމްއެލް އިން އާއްމުކުރި ހިސާބުތައް ދައްކާ ގުތުން ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ބީއެމްއެލްގެ މި ހިސާބުތަކުން އެނގޭ ގޮތުގައި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިފަ އެވެ. މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި ޓެލްގްރެފިކް ޓްރާންސްފަސް (ޓީޓީ) ތަޢުލީމު ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނެ އެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފަ އެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށް ވެސް ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންދާ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފަ އެވެ. ކާޑުގެ މުޢާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވަނީ 870 މިލިއަން ޑޮލަރު ވިއްކާފަ އެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް މިދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
މި ހިސާބުތަކުން އެނގޭ ގޮތުން 2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރެވެ. މިއަހަރު ތެރޭ ބޭންކުން މިދަނީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
ތަޢުލީމާއި ބޭސްފަރުވާ އަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރެވެ. 2024 ގައި މިއަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް އަރާފައވެއެވެ. މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ. މިއީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ. ޖަނަވަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ ގާތްގަނޑަކަށް 70% އިތުރުވުމެކެވެ. މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފައެވެ.
ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މި އަދަދުން އެންގެނީ ކޮން ކަމެއް ؟ - މި އަދަދު ތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލް އިން ބަހައްޓާ ސާބިތުކަން ހާމަކޮށްދޭ ކަމެކެވެ. ބޭރު ފައިސާގެ ބޭނުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ތަޢުލީމާއި ބޭސްފަރުވާ ދަތުރުފަތުރު އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދެއެވެ.