ޕީއެންސީގެ އިންތިހާބުގައި 33،000 މީހުން ވޯޓުލި

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ޕީއެންސީ

ސަރުކާރުގެ ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 33،000 މީހުން ވޯޓުލާފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ. 

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މާލެ އާއި ރަށްރަށުގައި ޖުމްލަ 119 ފޮއްޓަކަށް ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. 

މިއަދުގެ އިންތިހާބާ ގުޅޭ މައުލޫމާތު ދެއްވަމުން، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި އިންތިހާބުގައި 40،000 އެއްހާ ޕީއެންސީގެ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެތެރެއިން 85 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށެވެ. 

"ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 85 ޕަސެންޓު ގާތްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްނޑަކަށް 32،000 އާއި 33،000އާ ދެމެދުގެ އަދަދެއް. ފައިނަލް އަދަދު ދަންނަވާލަން އެނގޭނީ ވޯޓުގެ ނަތީޖާ ލިބުނީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.