އެތައް ބައެއްގެ އަތުން ފައިސާ ނެގި އެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، މައްސަލަ ބެލުމަށްފަހު ވަކިކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެއްގެ ކަމަށްވާ މުހައްމަދު ޔަސީން އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަކިކޮށްފި އެވެ.
އެތައް ބައެއްގެ އަތުން ފައިސާ ނެގި އެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، މައްސަލަ ބެލުމަށްފަހު ވަކިކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެއްގެ ކަމަށްވާ މުހައްމަދު ޔާސީން އެވެ.
އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ތުހުމަތުވާ މީހާގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޮޅުވާލައިގެން 25 މިލިއަނެއްހާ ރުފިޔާ ހޯދާފައިވާ ކަމަށް ޔާސީންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ.