ތިޖޫރީއެއް ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށް ނެގި މީހުންނަށް ދައުވާ ކޮށްފި

މި މައްސަލާގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހަތަރު މިލިއަން ރުފިޔާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުން. --ފޮޓޯ: ފުލުހުން

މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީއެއް ފަޅާލައި، ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮށްފި އެވެ.

މިދިޔަ މާޗް 15 ވަނަ ދުވަހު ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމެންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅައިލި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ؛

  •  މ. އޭސިޔާ، އަހުމަދު ފާރިސް
  •  ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު
  •  ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާހު
  •  ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއިލް އާސިފް
  •  ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހުމަދު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ ފަސް މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ތެރެއިން އަހުމަދު ފާރިސް، މުހައްމަދު ނޫރު އަދި ޖަޒީލު މުހައްމަދު މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ ދައުވާ އެމީހުންގެ މައްޗަށް އުފުލީ، އެޕާޓްމެންޓަށް ހުއްދަ ނެތި ވަދެ، އެޕާޓްމެންޓްގެ ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުން ދީފައިވާތީ ކަމަށެވެ.

މި މައްސަލާގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން ހޯދުނީ 50،000ރ. ކަމަށެވެ.

މި މައްސަލައިގައި ފައިސާ ވަގަށް ނަގާފައި ވަނީ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު)ގެ ގޭގައި ހުރި ތިޖޫރީ ފަޅާލައިގެންނެވެ. އޭނާއަކީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ މީހެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.