މިފްކޯގެ މުވައްޒަފުންނަށް ޑޮލަރު ވިއްކުން މެދުކަނޑާލައިފި

މިފްކޯއިން ބުނީ ޑޮލަރުގެ ނިސްބަތް މަދުވެފައިވާތީ އާއި ކުންފުނިން ކުރަންޖެހޭ މާލީ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ މިންވަރު އިތުރުވަމުންދާތީ، މުވައްޒަފުންނަށް ޑޮލަރު ވިއްކުން މިވަގުތު ދައްޗެވެ.

މިފްކޯގެ އެމްޑީ ހާމިދު ނަސީމް މުވައްޒަފުންނާއެކު -- މިފްކޯ

މަސްވެރިކަން ދަށްވުމުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މުވައްޒަފުންނަށް ޑޮލަރު ވިއްކުން މެދުކަނޑާލައިިފި އެވެ. 

މިފްކޯގެ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދެމުން އައީ އެ ވަގުތެއްގައި ކުންފުންޏަށް ލިބޭ ޑޮލަރުގެ ނިސްބަތަށް ބަލައި، ލިބޭ ޑޮލަރުގެ ތެރެއިން ކުންފުނީގެ މާލީ ކަންކަމަށް އުނިކަމެއް ނާންނާނެހެން ކަމަށެވެ.

މިފްކޯ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ މިހާރު ކުންފުންޏަށް ލިބޭ ޑޮލަރުގެ ނިސްބަތް މަދުވެފައިވާތީ އާއި ކުންފުނިން ކުރަންޖެހޭ މާލީ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ މިންވަރު އިތުރުވަމުންދާތީ، މުވައްޒަފުންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ކުރިއަށް ގެންދިއުމަކީ މިވަގުތު ކުންފުންޏަށް ދަތި ކަމެއް ހުރިކަމަށް ބުނެފައިވެ އެވެ. 

މިފްކޯ އިން ބުނީ ކުންފުނީގެ މާލީ ހާލަތާއި ޑޮލަރު ލިބޭ މިންވަރަށް ބަލައި ޑޮލަރުގެ ހިދުމަތް އިތުރަށް ހަރުދަނާކުރެވެންދެން މުވައްޒަފުންނަށް ޑޮލަރު ވިއްކުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.

މިފްކޯއަށް ޑޮލަރުން އާމްދަނީ ލިބޭ އެންމެ ބޮޑު ވަސީލަތަކީ ރާއްޖޭއިން ބޭރަށް ފިނިކުރި މަހާއި ދަޅުމަސް އެކްސްޕޯޓް ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.