ކަނޑުމަތީގެ އެކްސިޑެންޓަކަށްފަހު ފިލި އުޅަނދެއް ހޯދަނީ

"މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެން" ފުލުހުން ބުނެފައިވެ އެވެ.

އެކްސިޑެންޓްވި ލޯންޗު --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓްވުމުން، ފިލައިގެން ދިޔަ އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

"ލީޖަން 1" ލޯންޗު ވަނީ އެކްސިޑެންޓަށްފަހު އިއްޒުންދީން ފާލަމަށް ގާތްކޮށްފަ އެވެ. އޭގައި ތިބި ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

ނަމަވެސް އަނެއް އުޅަނދު ވަނީ ފިލައިގެން ގޮސްފަ އެވެ. 

"މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެން" ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.