މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.
މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ / ބަންގްލަދޭޝް މީހުންގެ ހަށިތައް އެ ގައުމުތަކަށް ގެންގޮސްފި އެވެ.
ރާއްޖޭގެ ތާރީހުގައި ހިނގި އަލިފާނުގެ އެންމެ ބިރުވެރި / ހިތާމަވެރި ހާދިސާގައި އަނދައިގެން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުނީ މ. ނިރުފެހީގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަހު ސިފައިން އިމާރާތަށް ވަދެ ހޯދަނިކޮށެވެ. އެ މީހުންގެ ހަށިގަނޑުތައް އިމާރާތުގެ ތެރެއިން ފެނުނުއިރު ވަރަށް ބޮޑަށް ވަނީ އަނދާފައެވެ.
ބައެއް މީހުން ވަނީ ސިފަ ވަކި ނުކުރެވޭ ވަރަށް / ޖިންސު ނޭންގޭ މިންވަރަށް އަނދާފައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހުންގެ ހަށިގަނޑުތައް ބެހެއްޓީ ގަލޮޅު މޯޗަރީގައެވެ.
އިންޑިއާ ހައިކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބުނީ އެ ހާދިސާގައި މަރުވި އިންޑިއާގެ 8 މީހުންގެ ހަށިގަނޑު އެ ގައުމަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެ ކަމުގައި ދިވެހި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދިން އެހީތެރިކަން ހައި ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން މިއަދު ޔަގީން ކޮށްދިން ގޮތުގައި މަރުވި ބަންގްލަދޭޝް މީހުންގެ ހަށިގަނޑުތައްވެސް މިހާރު ވަނީ އެ ގައުމަށް ފޮނުވާލާފައެވެ.