ޖޫން މަހު ދައުލަތުގެ އާމްދަނީ 2.92 ބިލިއަން، 14.7 % އިތުރު

މީރާ އިން ނެރުނު ޖޫން މަހުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ ކުރިން ލަފާކުރި އާމްދަނީއާ އަޅާބަލަ 10.1 % ގެ އިތުރުވުމެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- ޓޫރިޒަމް

މިއަހަރުގެ ޖޫން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީގެ ޖުމްލަ 2.92 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ ކުރީ އަހަރު ޖޫން މަހާ އަޅާބަލާއިރު 14.7 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ދައްކައިފި އެވެ. 

މީރާ އިން ނެރުނު ޖޫން މަހުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ ކުރިން ލަފާކުރި އާމްދަނީއާ އަޅާބަލަ 10.1 ޕަސެންޓްގެ އިތުރުވުމެކެވެ. 

އާމްދަނީ އިތުރުވި ސަބަބުތައް

ޓޫރިޒަމް ދާއިރާގެ ކުރިއެރުން -  ޖޫން މަހުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. މީގެ ސަބަބުން ޖީއެސްޓީ ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުވުން - މިދިޔަ އަހަރުގެ ކޯޕަރޭޓް އިންކަމް ޓެކްސްގެ ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކި ކުންފުނިތަކުގެ އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ މަތިވުމުން، އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ވަނީ އިތުރުވެފަ އެވެ.

ޓޫރިޒަމް ބިމުގެ ކުލީގެ އާމްދަނީ މަތިވުން - ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި (ޓޫރިޒަމް ބޭންޑް ރެންޓް) ޖޫން މަހު ބަލައިގަތް އަދަދު 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ލަފާކުރި ވަރަށްވުރެ 14.3 ޕަސެންޓް އިތުރުވެފައިވާއިރު، ވޭތުވެދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23.4 ޕަސެންޓް ވަނީ މަތިވެފަ އެވެ.

އާމްދަނީ ލިބުނު ދާއިރާތައް

  •  ކޯޕަރޭޓް އިންކަމް ޓެކްސް - 1.08 ބިލިއަން ރުފިޔާ (37.2%)
  •  ޖީ.އެސް.ޓީ - 799 މިލިއަން ރުފިޔާ (27.4%)
  •  ޓޫރިޒަމް ބިމުގެ ކުލި- 411 މިލިއަން ރުފިޔާ (14.1%)
  •  އެއާޕޯޓް ޑިވެލޮޕްމަންޓް ފީ- 157 މިލިއަން ރުފިޔާ (5.4%)
  •  ޑިޕާޗާ ޓެކްސް: - 135 މިލިއަން ރުފިޔާ (4.6%)
  •  އެހެނިހެން ޓެކްސްތަކާއި ފީ- 134 މިލިއަން ރުފިޔާ (4.6%)

މީރާއިން ބުނީ ޖޫން މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުން ލިބުނު 118.60 މިލިއަން ޑޮލަރުވެސް ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާގެ ދުވެލި ހުރި ގޮތުން ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ކަމަށް އެ އޮތޯރިޓީން އަންދާޒާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.