ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން | 4.9 % ދަށް

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,114,751 ޓޫރިސްަޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1,171,900 ޓޫރިސްޓުންނާ އަޅާބަލާއިރު 4.9 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި : މި އަހަރު ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރޭ -- އެމްއޭސީއެލް

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަން ފަހަނަ އަޅައި ދިޔަނަމަވެސް ޓޫރިޒަމް 4.9 % ދަށް ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,114,751 ޓޫރިސްަޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1,171,900 ޓޫރިސްޓުންނާ އަޅާބަލާއިރު 4.9 ޕަސެންޓުގެ ދަށްވުމެކެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 2.1 % ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރަށްވުރެ 947 ޓޫރިސްޓުން މި އަހަރު މަދެވެ. 

މިމަހު އައި ޓޫރިސްޓުންގެ އަދަދު

  •  މި ދިޔަ އަހަރުގެ ޖުލައި މަހުގެ ޖުމްލަ ޒިޔާރަތްކުރި ޓޫރިސްޓުން 45,816
  •  މި އަހަރުގެ ޖުލައި މަހުގެ ޖުމްލަ ޒިޔާރަތްކުރި ޓޫރިސްޓުން 44,869

ރާއްޖޭގެ ޓޫރިޒަމް މި އަހަރުގެ ކުރީކޮޅު ފާހަގަކުރެވުނީ ވަރަށް އުންމީދީ ފެށުމެއްގެ ގޮތުގައެވެ. އެގޮތުން ޖަނަވަރީ މަހު 5.0 % ގެ ކުރިއެރުމެއް ލިބުނުއިރު، ފެބުރުވަރީ މަހު ވަނީ ރެކޯޑް މިންވަރަކަށް، އެއީ 17.7 % ގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް، މާރިޗު މަހުން ފެށިގެން މި އަދަދުތައް ދަށަށް ދާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މާރިޗު މަހު 19.8 % އަދި އެޕްރީލް މަހު 24.4 % ފަތުރުވެރިން އައި އަދަދު ވަނީ މަދުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެއަށް 179,515 ޓޫރިސްޓުން ޒިޔާތްކޮށް އެ ގައުމުގެ ހިއްސާ ވަނީ 16.5% ހިއްސާގަ އެވެ. އަދި ދެވަނާގައި އޮތް ރަޝިއާ އިން 157,524 ޓޫރިސްޓުން ޒިޔާތްކޮށް އެ ގައުމުގެ ހިއްސާ ހުރީ 14.5% ގަ އެވެ. 

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިދިޔަ އަހަރަކީ ޓޫރިޒަމްގެ އާމްދަނީ ވެސް އިތުރު ވެގެން ދިޔަ އަހަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.