މި އަހަރު މެލޭޝިއާގެ ޔުނިވަސިޓީތައް ކަމަށްވާ ޔުނިވަސިޓި އިސްލާމް ސެލަންގޯ، އިންސިފް ޔުނިވާސިޓީ އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ

އެމްއެމްއޭގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވާ ބުދަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭގެ ސްކޮލާޝިޕް 2026 ޕްރޮގްރާމްގެ ދަށުން މި އަހަރު މެލޭޝިއާގެ ޔުނިވަސިޓީތައް ކަމަށްވާ ޔުނިވަސިޓި އިސްލާމް ސެލަންގޯ، އިންސިފް ޔުނިވާސިޓީ އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ސްކޮލާޝިޕްގެ ދަށުން ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ސްކޮލާޝިޕްތރަކަށް އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.އަދި އިތުރު ތަފުސީލް މި ލިންކުން ލިބޭނެ އެވެ.