މުއާޒު، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް އައްޔަނުކޮށްފި

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒް އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒް އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.

މި ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުއާޒް، އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޑިސެންބަރު 23، 2024 ގަ އެވެ. 

އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭރު މުއާޒް ވަނީ ސޯޝަލް މީޑިއާގައި އިސްތިއުފާގެ ސިޓީ އާންމު ކުރައްވާފަ އެވެ. ދެ ސަފްހާގެ ދިގު އެ ސިޓީގައި އޭނާ ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެެމެހެއްޓެނިވި ގޮތެއްގަައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް އެ ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާ ކަމަށެވެ.

އަދި އޭނާ ހުރެގެން އެކަންކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން، ފެނަަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.