ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ބަލިތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ

ގދ. ގައްދޫ އަށް އުފަން، އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

ޑރ. އާމިނަތު ފަޒްނާ --

ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ބަލިތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒްނާ ނިޔާވެއްޖެ އެވެ.

ގދ. ގައްދޫ އަށް އުފަން، އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ ނިޔާވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. 

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. ފަޒްނާ ނިޔާވީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާގެ ކަށުނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.

ޑރ. ފަޒްނާ މަތީ ތައުލީމު ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ. ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.