ވީއައިއޭ އިން ފުރައިގެން ސްޕީޑް ލޯންޗުގައި 15 އާއި 25 މިނެޓާ ދެމެދުގެ ރާސްތާގައި ހުޅުވާ މި ރިސޯޓް ވެގެންދާނީ ގަލްފް ހޮޓެލްސް ގްރޫޕުން މި ސަރަހައްދުގައި ހުޅުވާ ފުރަތަމަ ޓޫރިޒަމް ޕްރޮޕަޓީއަށެވެ.

ބަހްރެއިންގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ގަލްފް ހޮޓެލްސް ގްރޫޕާއި ރާއްޖޭގެ ކޭރެޓްސޫ ޕްރައިވެޓް ލިމިޓެޑް ކުންފުނި ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހުޅުވަން ތައްޔާރު ވެއްޖެ އެވެ،
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީއެމް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗުގައި 15 އާއި 25 މިނެޓާ ދެމެދުގެ ރާސްތާގައި ހުޅުވާ މި ރިސޯޓް ވެގެންދާނީ ގަލްފް ހޮޓެލްސް ގްރޫޕުން މި ސަރަހައްދުގައި ހުޅުވާ ފުރަތަމަ ޓޫރިޒަމް ޕްރޮޕަޓީއަށެވެ.
އެ ކުންފުނީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ގަލްފް ހޮޓެލްސް ގްރޫޕްގެ ކުރިއެރުމުގެ ދަތުރުގައި އެޅޭ މުހިންމު ފިޔަވަޅަކަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ އާންމު މާކެޓްތަކުން ބޭރަށް ފުޅާވެ، ފުރަތަމަ ފަހަރަށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފައިތިލަ ސާބިތުކުރަން އަޅާ ފުރަތަމަ ފިޔަވަަޅަށްވުމެވެ.
"ރާއްޖެއަކީ ދުނިޔޭގައި އެންމެ ބޮޑަށް ބަލައިގަންނަ އެއް ފަތުރުވެރިކަމުގެ މަންޒިލެއް. އަދި ދިގު މުއްދަތަކަށް ދެމިއޮންނާނެ ވަރުގަދަ އަސާސްތަކާއި، މެހެމާންދާރީގެ ހިދުމަތްތަކުގައި ފާހަގަކޮށްލެވޭ މަގުބޫލުކަމެއް ރާއްޖެއަށް ލިބިގެން،" ޖަނާހީ ވިދާޅުވި އެވެ.
މި ކުންފުނި އުފެދުނީ 1967 ގަ އެވެ. އެ ދުވަސްވަރު ކިޔަނީ "ބަހްރެއިން ހޮޓެލްސް ކޮމްޕެނީ" އެވެ. އެ ކުންފުނީގެ ފުރަތަމަ ފަސްތަރީގެ ބަހްރެއިންގައި އެންމެ ފުރަތަމަ ހުޅުވި ފަސްތަރީގެ ހޮޓަލެވެ.